ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަޔޯންޓެކް

ކޮވިޑަށް ބޫސްޓާ ޝޮޓެއް ދޭންޖެހޭތޯ ފައިޒާ-ބަޔޮންޓެކުން ބަލަނީ

ކޮވިޑަށް ތިންވަނަ ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒެއް ދިނުން ރައްކާތެރިތޯ ބަލަމުން އަންނަ ކަމަށް ފައިޒާ-ބަޔޮންޓެކްއިން ބުނެފި އެވެ. ފައިޒާއިން ބުނީ ކޮވިޑް ވޭރިއަންޓްތައް އިތުރުވަމުން އަންނައިރު ތިންވަނަ ޑޯޒެއް ދީފި ނަމަ ބަލިން ދިފާއުވުމަށް ހަށިގަނޑު ގެންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ ވެސް ބަލާނެ ކަމަށެވެ.

ފައިޒާިން ނެރުނު ބަޔާނެއް ބުނާ ގޮތުން ތިންވަނަ ޑޯޒަކުން ހަށިގަނޑަށް އެކަށޭނަ ބަދަލެއް އަންނަކަން މިހާތަށް ބެލިފައި ނެތް ކަމަށާއި ބޫސްޓާ ޑޯޒަކީ ތަކުރާރުކޮށް ހަށިގަނޑަށް ތައާރުފު ކުރެވޭ ވެކްސިންގެ އެއްބާވަތެއް ކަމަށެވެ.

ފައިޒާ-ބަޔޮންޓެކް ވެކްސިންދޭ މީހުންނަށް މިހާރު ދެނީ 30 މައިކްރޮގްރާމްގެ ދެޑޯޒް އެވެ. ދެވަނަ ޑޯޒް ދެވެނީ 21 ދުވަސް ފަހުންނެވެ.

ފައިޒާއިން ބުނީ ދިރާސާކުރާނީ އެމެރިކާގައި ދެއުމުރު ފުރާއަށް ބަހާލައިގެން ކަމަށެވެ. އެއީ 18 އަހަރާ 55 އަހަރު އަދި 65 އަހަރާ 85 އަހަރު ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި 144 މީހުން ދިރާސާ ކުރެވޭނެ ކަމަށާއި ބައިވެރިން ވާން ޖެހޭނީ ހަށިގަނޑު އުފެދުމުގައި އަދި އެހެނިހެން ސިފަތަކަށް ބަލައި ދާދި އެއްގޮތް މީހުންނަށް ކަމަށެވެ. މިމީހުންނަށް 30 މައިކްރޮގްރާމްގެ ތިންވަނަ ޑޯޒެއް ދެވޭނީ ފުރަތަ ދެ ޑޯޒަށް ފަހު ހަ މަހާ 12 މަހާ ދޭތެރޭގައި ކަމަށް ވެސް ފައިޒާއިން ވަނީ ބުނެފަ އެވެ.