އައިޖީއެސް

ރާއްޖޭގެ ސްޕޭސް މިޝަންގެ އެޑްވައިޒަަރަކަށް ޑރ. ކައްޔާލީ

ރާއްޖޭގައި އޮންނަ އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ އެޑްވައިޒަރަަކަށް އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން ގެ ޗެއާމަން އަދި ސީއީއޯ ޑރ. ކައްޔާލީ މުހައްމަދު އައްޔަން ކޮށްފި އެވެ.

އެމެރިކާގެ ހާވާޑްއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ކައްޔާލީއަކީ ޗާޓަޑް ސައިންޓިސްޓެކެވެ. އަދި އޭނާއަކީ ޔޫރަޕާއި އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން އިންތިޒާމްކުރާ ކޮންފަރެންސްތަކުގައި ވެސް ތަގުރީރު ދެއްވާ ބޭފުޅެކެވެ.

ކައްޔާލީ އުފެއްދެވި ކޭއެސްއެފްއިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ސްޕޭސް ޕްރޮގްރާމްތައް ހިންގަން އެހީތެރިވެދީފަ އެވެ. ކޭއެސްއެފްގެ މެމްބަރުންގެ ތެރޭގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނި ވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ސްޕޭސް މިޝަން ކުރިއަށްގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިއްފަތު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ދަރިވަރުން ތަމްރީން ކުރަން ކޭއެސްއެފްއިން މުހިންމު ދައުރެއް އަދާ ކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މިޝަން ޑައިރެކްޓަރެއް އައްޔަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.