ވިލިމާލެ

ވިލިމާލޭގައި ހުރި 475 ރުއް ބަލަހައްޓާނެ ބަޔަކު ހޯދަނީ

Feb 28, 2021

މާލޭ ސިޓީގެ ފެހިރަށް، ވިލިމާލޭގައި ހުރި 475 ރުއް ސާފުކޮށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން، ސިޓީ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.

ކައުންސިލުން ބުނި ގޮތުގައި ވިލިމާލޭގެ 475 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދީ ބެލެހެއްޓުމުގެ މަސައްކަތަށް ބިޑް ހުށައެޅުމުގެ ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ.

ރުއްތަަކަށް އަރައި ސާފުކޮށް ރުއްތައް ބަލަހައްޓައި ދޭން ޝަޢުގުވެރިވާ ފަރާތްތަކުން އެ ކަމާ ގުޅޭ މައުލޫމާތު ސާފުކުރުން އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 11:00 ޖަހާ އިރު އެވެ. އަދި ބިޑު ހުށަހަޅަން ޖެހޭ މުއްދަތަކީ 11 ވަނަ ދުވަހު ކައުންސިލަށެވެ.

ވިލިމާލެއަކީ އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާ ފެހި ރަށެވެ. ނަމަވެސް ރަށުގެ ގަސްތައް ނުބެލެހެއްޓުމުގެ ސަބަބުން ބައެއް ސަރަހައްދުތައް ވަނީ ވަރަށް ބޮޑަށް ވާވެ ހަޑިވެފަ އެވެ.