ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އަނެއްކާވެސް ރާއްޖެއިން މީހަކު މަރުވެއްޖެ އެވެ. އަލަށް މަރުވީ ދިވެހި، އަދި އުމުރުން 62 އަހަރުގެ އަންހެނެކެވެ.

އެޗްޕީއޭ އިން ބުނީ ރޭ ފަތިހު 5:06 ހާއިރު މަރުވި އަންހެން މީހާއަކީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން އައި މީހެއް ކަމަށެވެ.

މިއީ މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ. އަދި މި މަހުގެ މިހާތަނަށް މަރުވި 10 ވަނަ މީހާ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ 2،397 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އިއްޔެ ޕޮޒިޓިވްވި 118 މީހަކު ހިމެނެ އެވެ. ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައި ވާތީ އެޗްޕީއޭ އިން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރަން ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ.