ޒޫމް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފި އެވެ.
ރައްޔިތުންނާ ބައްދަލު ކުރަން ގާނޫނު ލާޒިމް ކުރިޔަސް ކޮވިޑްގެ ހާލަތާ ގުޅިގެން އެކަން މި މަހު ނުކުރެވުނު ކަމަށް ސިޓީ ކައުންސިލް އިން ބުންޏެވެ.
އެހެންކަމުން ޒޫމް މެދުވެރިކޮށް އަންނަ މަހު އަށް ވަނަ ދުވަހު މާލޭ ރައްޔިތުންނާ ބައްދަލު ކުރަން މިހާރު ތާވަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލް ބުންޏެވެ.
އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ބައިވެރި ވެވެއެވެ.
ބައްދަލުވުން ޕީއެސްއެމްއާއި ސިޓީ ކައުންސިލްގެ ފޭސްބުކު ޕޭޖުން ލައިވް ކުރެ އެވެ.