ފެނާއި ނަރުދަމާގެ ނިޒާމް

ތިން ރަށެއްގެ ފެނާއި ނަރުދަމާ އަޅަން ހަވާލުކޮށްފި

ތިން ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރަން ރާއްޖޭގެ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލު ކޮށްފި އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ސޮއި ކުރެއްވިއިރު، ފްލެކްސިންކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.

މި މަޝްރޫއުތައް ހިންގާނެ ތިންރަށަކީ ހއ. މޮޅަދޫ އާއި، ލ. މުންޑޫ އާއި މ. ވޭވަށެވެ. މި ތިން ރަށުގެ ޕްރޮޖެކްޓް އަގު 104 މިލިއަން ރުފިޔާއަށް އަރަ އެވެ. މި މަސައްކަތުގެ މުއްދަތަކީ ކޮންމެ ރަށަކަށް ދެ އަހަރާއި 25 ދުވަހެވެ.

މި ޕްރޮޖެކްޓްގައި ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީހެއް ގާއިމުކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ އެވެ.