ހަބަރު

އަދާލަތުގެ ގައުމީ މަޖިލީސް މާޗް 11 ގައި

އަދާލަތު ޕާޓީގެ ތިން ވަނަ ދައުރެއް ފަށަން ބާއްވާ ގައުމީ މަޖިލިސް މާޗް މަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތުގެ ގައުމީ މަޖިލިސް ތިން ދުވަހަށް ކުރިއަށްދާނެ އެވެ. އެންމެ މުހިންމު ކަމަކަށް ކުރިއަށް ދާނީ އެ މަޖިލީހަށް ހުށަހެޅޭ ކަރުދާސްތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. މާޗް 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ކަރުދާސް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އަދާލަތުގެ ގައުމީ މަޖިލީސް ކުރިން ބާއްވަން އޮތީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން ފަސް ކުރީ އެވެ.