ހަބަރު

ބައެއް ހިސާބުތަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓް

މޫސުން ގޯސްވެ މެދު ރާއްޖެ ތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް ކުރިޔަށް އޮތް 24 ގަޑިއިރު ގުކުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

އެ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ނެެރެފަ އެވެ. އެއީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 1:00 އާއި ހަމައަށެވެ.

އުތުރާއި މެދު އަތޮޅުތަކުގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ބައެއް އަތޮޅުތަަކަށް ވެސް މިއަދު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.