އެމްއެންޑީއެފް

ސިފައިންނަށް އިންޓަނެޓު ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

Mar 1, 2021
4

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އިންޓަނެޓުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމާށާއި، ވައިޑް އޭރިއާ ނެޓްވޯކް އެންހޭންސްކޮށް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އީމެއިލް ކުރަން ޖެހެ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރޯއެލް އިންނެވެ. ނަމަވެސް ތިން ވަނަ އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.