އެސްޓީއޯ

އެސްޓީއޯއިން ހިޓާޗީ އޭސީއަށް ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ފިނި ފިނި ހިޓާޗީ" ގެ ނަމުގައި އެސްޓީއޯ އިން މިއަދު ފެށި މި ޕްރޮމޯޝަން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ވިލިމާލޭގެ އެސްޓީއޯ ހޯމް އިމްރޫވްމެންޓް ފިހާރަ އާއި އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި ގަންނަ 24،000 ބީޓީޔޫ ގެ ކޮންމެ ފަސް އޭސީއަކާއިއެކު 12،000 ބީޓީޔޫ އޭސީ އެއް ހިލޭ ލިބެ އެވެ. އަދި 18،000 ބީޓީޔޫ ގެ ކޮންމެ ފަސް އޭސީއަކާއިއެކު 9،000 ބީޓީޔޫގެ އޭސީއެއް ހިލޭ ލިބެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އޭސީއަކާއިއެކީ ވަގުތުން އިނާމު ވެސް ލިބެ އެވެ. މި އިނާމުތަކުގެ ތެރޭގައި ރައިސް ކުކާ އަދި އަވަނާއި އިސްތިރި އަދި 1،500ރ. ގެ ގިފްޓް ވައުޗަރު ހިމެނެ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށާއި ކޮންމެ 1،000ރ. އަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވާއިރު ނަސީބުވެރި ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިނެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.