ޑރ. އަހުމަދު އަބްދުﷲ ދީދީ

މެންބަރުންގެ އިލްމީ ޝަރުތު ކަނޑައަޅަން ޖެހޭ: ދީދީ

Mar 2, 2021
8

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންގެ ލާޒިމް އިލްމީ ޝަރުތު ތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ޓްވީޓް ކުރައްވައިގެނެވެ. އޭގެ ކުރީން އިއްޔެ މަޖިލީހުގައި މިނިސްޓަރު މުހައްމަދު މަލީހުގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގެ ކުރީ ޖަވާބުދާރީވެ ވަޑައިގަތުުގެ ގޮތުން މަލީހު ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ ތައުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކައުންސިލާ ޖެނެރަލްކަން ވެސް ކުރީން ކުރެއްވެވި ދީދީ ވެސް މަލީހަށް ތާއީދު ކުރައްވާ ވިދާޅުވީ އެކަށީގެންވާ ގޮތުގައި ރައްޔިތުން ތަމްސީލު ކުރެއްވޭނީ އެކި ދާއިރާތަކުން އިލްމާއި ތަޖްރިބާ ލިބި ވަޑައިގެންފައިވާ ބޭފުޅުންނަށް ކަމަށެވެ.

އެކަމަކު ކުރިއަރާފައިވާ އެހެން ޑިމޮކްރަސީތަކުގައި ޕާލަމެންޓް / މަޖިލިސް މެންބަރުންގައި ހުރުން ލާޒިމްވާ އިލްމީ ޝަރުތުތަކެއް ކަނޑައަޅައިފައި ނުހުންނަ ކަމަށް ވެސް އެ މަނިކފާނު ވަނީ ފާހަ ކުރައްވާފަ އެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ އެފަދަ ގައުމުތަކުގައި މެންބަރު ކަމަށް ކުރިމަތި ލައްވަނީ އިލްމީ ގޮތުން ފުންނާބު އުސް ބޭފުޅުން ކަމަށް ހިސާބުތަކުން އެނގޭ ކަމަށެވެ.

އަދި ވިދާިޅުވީ ރާއްޖޭގެ ނިޒާމަކީ އިސްލާމީ ނިޒާމަކަށްވާއިރު، މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ އިލްމީ ޝަރުތު ކަނޑައަޅަން ޖެހޭ ކަމަށެވެ.