ޝަރުއީ ދާއިރާ

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ފަސްކޮށްފި

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 57 މެމްބަރަކު މެޖިސްޓްރޭޓުންނަށް އެލަވަންސް ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. މި ނިންމުމާއެކު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500ރ. ދޭނެ އެވެ.

މި އެލަވަންސް ދޭން ފަށާނީ އަންނަ މަހުން ފެށިގެން ނެވެ. އެ ފައިސާ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވެސް ވެއެވެ

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ހައި ކޯޓާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފޯން އެލަވަންސްގެ ގޮތުގައި މިހާރު ވެސް މަހަކު 1000 ރުފިޔާ ދެ އެވެ.