އަންކާރާ -- އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ މީހުން ދިރި ނޫޅޭ އަށް ރަށަކީ ގަދީމީ ޒަމާނުއްސުރެ ޖަޕާންގެ ރަށްތަކެއް ކަމަށް އެ ގައުމުން ބުނެ އެވެ. ޗައިނާއިން ބުނަނީ އެ ރަށްތައް އޮންނަ ކަނޑަށް ވެސް ކިޔަނީ އިރުމަތީ ޗައިނާ ކަނޑު ކަމަށާއި އެ ރަށްތަކުގެ މިލްކުވެރިންނަކީ ޗައިނާ ކަމަށެވެ.
ޖަޕާނުން އެ ރަށްތަކަށް ކިޔަނީ ސެންކަކޫ އައިލޭޑްންސް އެވެ. ޗައިނާއިން ހަމަ އެ ރަށްތަކަށް ކިޔަނީ ޑަޔަޔޫ އައިލޭންޑްސް އެވެ. ޗައިނާއިން ބުނާ ގޮތުން އެ ރަށްތަކުގެ ސިޔާދަތު އެހެން ބަޔަކަށް ނޯންނާނެ އެވެ.
ސެންކަކޫ / ޑަޔަޔޫ އައިލޭންޑްގެ މިލްކުވެރިކަމާމެދު ޗައިނާއިން ވަކާލާތު ކުރުން ޖަޕާނަން ވެފައި ވަނީ ގަބޫލު ކުރަން ދަތި ކަމަކަށެވެ. ޖަޕާނުން ބުނަނީ ޗައިނާގެ ބުނުން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމަށެވެ.
ސެންކަކޫ / ޑަޔަޔޫ ރަށްތަކަކީ ބުނެވޭ ގޮތުގައި މަސްވެރި ކަމަށް ވަރަށް މުއްދަނދި ސަރަހައްދެކެވެ. އެހިސާބު ކަނޑުން ތެލާއި ގުދުރަތީ ވަސީލަތްތައް ހުރެދާނެ ކަމަށް ބުނެވެން ފެށި ހިސާބުން ޗައިނާ ހާޒިރުވެ އުޅުން ވަނީ އިތުރުވެފަ އެވެ. އަދި ޗައިނާ ކޯސްޓް ގާޑު އުޅަނދުތައް އެ ސަަރަހައްދުގައި ދޭތެރެ ދޭތެރެއިން ފޯރިމަރަމުން އަންނަ ކަމަށް ވެސް ޚަބަރުތަކުން އެނގެ އެވެ.
ޖަޕާންގެ ދިފާއީ ވަޒީރު ނޮބޮވޮ ކިޝީ ވިދާޅުވީ ޖަޕާންގެ މަސްލަހަތު އޮންނަ ސަރަހައްދަކަށް ޗައިނާ އުޅަނދުފަހަރު ވަދެ ކުރާ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށާއި އެއީ ބައިނަލްއްގްވާމީ ގާނޫނާ ޚިލާފުކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސެންކަކޫ ސަރަހައްދަކީ ޖަޕާނަށް ޒަމާން ވާރުތަކޮށްދީފައިވާ ސަރަހައްދެއް ކަމަށެވެ.
ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ ޑަޔަޔޫ ރަށްތަކުގެ ވާރުތަވެރިންނަކީ ޗައިނާ ކަމަށެވެ. އަދި ޗައިނާއިން އެ ސަރަހައްދުގައި ހިންގަނީ ސައްހަ އަދި ޚިލާފެއް ނެތް މަސައްކަތްތަކެއް ކަމަށެވެ.
ޖަޕާން ސްކޫލް ފޮތްތަކުގައި ސެންކަކޫ ރަށްތަކާ ބެހޭ ގޮތުން އިބާރާތްކުރުމުގައި އެއީ ޖަޕާންގެ ރަށްތަކެއް ކަމަށް އޮތުން ވެސް ވަނީ މައްސައަލަށް ވެފަ އެވެ. މިކަން މައްސަލައަކަށް ހަދާފަައި ވަނީ ސައުތު ކޮރެއާއިންނެވެ. ޖަޕާނުން މުދައްރިސުންނަށް އަންގާފައި ވަނީ ސެންކަކޫ ރަށްތަކަކީ ޖަޕާންގެ ބައެއް ގޮތުދައި ދަރިވަރުންނަށް އުނގަނައިދިނުމަށެވެ.