ވިޒިޓް މޯލްޑިވްސް

ހައުޒާ ސެލޯގެ އަޑުން ރާއްޖެއަށް މަގުބޫލުކަން

Mar 3, 2021

ސެލިނިސްޓް ސްޓެފެން ހައުޒާގެ ސެލޯގެ އަޑުން ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ރާއްޖެއަށް ލިބިއްޖެ އެވެ.

ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ ގެނެސްފައިވާ ސެލިނިސްޓް ހައުޒާ ދަނީ ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި ސެލޯ އިކްއިޕްމަންޓް ކުޅެމުންނެވެ. ރާގު ކުޅޭ މި އިންސްޓްރޫވްމަންޓުން ދަނީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތައް ކުޅެމުންނެވެ.

ކުރީގެ މަޝްހޫރު "ޓޫ ސެލޯސް" ގެ މެންބަރެއް ކަމަށްވާ ހައުޒާ ސެލޯ ކުޅެމުން ދަނީ ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓުތަކުގެ އެންމެ ރީތި ތަންތަނުގަ އެވެ. މީގެ ކޮންމެ ލަވައެއް ވެސް ގިނަ ބަޔަކު ވަނީ ބަލާފަ އެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ކްރޮއޭޝިއާގެ މި ސެލެބްރިޓީ ރާއްޖެ ގެނައުމުގެ މަގުސަދަކީ ރާއްޖޭގެ އެންމެ ހާއްސަ ސިފަ ކަމަށްވާ "ވަން އައިލެންޑް ވަން ރިސޯޓް" އިސްތިހާރު ކުރުން ކަމަށެވެ.

ސެލިނިސްޓް ސްޓެފެން ހައުޒާއަކީ އިންސްޓްގްރާމުގައި 2.4 މިލިއަން މީހުން ފޮލޯ ކުރާ ޔޫޓިއުބުގައި 1.6 މިލިއަން އަދި ސަބްސްކްރައިބާސްގެ ގޮތުގައި ޔޫޓިއުބުގައި 413 މިލިއަނަށްވުރެ ގިނަ މީހުން ތިބެ އެވެ. ހައުޒާ ރާއްޖޭގެ ރިސޯޓުތަކުގައި ކުޅެފައިވާ ލަވަ ތަކަށް 10 މިލިނަަށް ވުރެ ގިނަ މީހުންގެ ސަމާލުކަން މިހާތަނަށް ލިބިފައިވެ އެވެ.