ޓެކްނޯލޮޖީ

އަސުސް އާރުއޯޖީ ފޯން 5: ގޭމިން ލެޕްޓޮޕަކަށް ވުރެ ބާރުގަދަ

މި އަހަރު އެންމެ ފުރަތަމަ ނެރޭ ގޭމިން ފޯނަކަށް އަސުސް އާރުއޯޖީ ފޯން 5 ވާނެ އެވެ. މި ފޯނު އަންނަ ހަފުތާގައި، މާޗް 10 ގައި ނެރޭނެ ކަމަށް ބުނެވެ އެވެ.

އާރުއޯޖީ ފޯން 5 އާ ބެހޭ ގޮތުން ބުނެވެނީ އެންމެ ބާރުގަދަ ފޯނުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އަދި މިއީ އެވްރެޖް ގޭމިން ލެޕްޓޮޕަކަށް ވުރެ ބާރުގަދަ ފޯނަކަށް ވާނެ ކަމަށެވެ.

ފޯނު ފެކްޓަރީން ނެރޭއިރު ވެސް އޮޕަރޭޓިން ސިސްޓަމކީ އެންޑްރޮއިޑް 11 އެވެ. އެންޑޮރޮއިޑް މާހައުލަށް ދެން ނެރޭ އޮޕަރޭޓިން ސިސްޓަމަކަށް ވެސް މިފޯނު އެނބުރިގަންނާނެ ކަމަށް ބުނެވެ އެވެ.

މިއީ ގޭމް ކުޅޭ ކުދިންނަށް ޚާއްސަ ފޯނެކެވެ. ފޯނުގެ ނަން ވެސް ޚާއްސަކޮށްފައި ވަނީ ގޭމިންއަށެވެ. ފޯނުގެ ނަމުގެ ތެރެއަށް ލާފައި އެއިންނަ "އާރުއޯޖީ – ރިޕަބްލިކް އޮފް ގޭމާސް" އަކީ ވެސް ގޭމިން ފޯނެއްކަން ކަށަވަރުކޮށް ދޭ މިސާލެކެވެ.

މި ފޯނާ މެދު ބުނެވެނީ ރޭމް 18ޖީބީއަށް އަރާނެ ކަމަށެވެ. އެކަމަކު ސްމާޓްފޯން ސައިޓްތަކުން ރިޕޯޓްކުރާ ގޮތުން ފޯނުގެ ރޭމްއަކީ 12ޖީބީ އެވެ. އެންޑްރޮއިޑް މާކެޓްގައި ބައެއް ކުންފުނިތަކުން މިހާރު ވެސް 12ޖީބީ ފޯނު ނެރެ އެވެ.

އިންޓާނަލް ސްޓޯރޭޖާ ބެހޭ ގޮތުން ކުންފުނިން އަދި ވަކި ގޮތެއް ކަށަވަރުކޮށްދީފައި ނެތް ނަމަވެސް 512ޖީބީ ނުވަތަ ވަންޓިބީ އަށް އެރުން ގާތްކަމަށް ބެލެވެ އެވެ.

އާރުއޯޖީ 5އާ ބެހޭ ގޮތުން ތަފުސީލުތަކެއް އަދި ނެން ނަމަވެސް، އަސުސްއިން މި މަރުކާގެ ފޯނުތަކަށް ދީފައިވާ އަހަންމިޔަތު ކަމަށް ބަލާއިރު މާކެޓުން ގަންނަ ލިބޭ އެންމެ ބާރުގަދަ ފޯނަކަށް މި ފޯނުވާނެ ކަމަށް ބުނެވެ އެވެ.