ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު އަނެއްކާވެސް ރާއްޖެއިން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 6:00 ގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ. ބަލިހާލަތު ބޮޑުވެގެން މިމީހާ އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ފަތިހު 5:30 ހާއިރު އެވެ. މަރުވިއިރު އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި މަރާއި އެކީ ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 63 އަށް އަރާފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ 2،605 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އިއްޔެ ޕޮޒިޓިވްވި 132 މީހަކު ހިމެނެ އެވެ. ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައި ވާތީ އެޗްޕީއޭ އިން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރަން ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ.