ހިރިޔާ ސްކޫލް ކުރިމަތީގައި ހުންނަ ލިންކް ސާވްގެ ޝޯރޫމް ގިނަ ބަދަލުތަކަކާއެކީ ލޮނުޒިޔާރަތް މަގަށް ބަދަލުކޮށްފި އެވެ.
ލިންކްސާވް މިހާރު ހުންނަނީ ގަލޮޅު ވީބީ މާޓް ކައިރީގަ އެވެ. އަލަށް ހުޅުވި ޝޯރޫމްއަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަކެތި ބަލައިލެވޭ ގޮތަށް ޑިޒައިންކޮށް ދެ ފަންގިފިލައަށް ހަދައިފައިވާ ޝޯރޫމެކެވެ.
އާ ޝޯރޫމާ އެކީ އާ ސާމާނު ތައާރަފު ކޮށްފައި ވެއެވެ. އަދި ކުރިން ދެމުން އައި ސެކިއުރިޓީ ސޮލިއުޝަންސް އާއި ނެޓްވޯކިން އާއި ހޯމް-އޮޓަމޭޝަންގެ ހިދުމަތްތަކުގައި ކުރިއަށްވުރެ ރަނގަޅު ޕުރޮޑަކްޓު ރޭންޖެއްގައި ހިމަނާފައި ވެއެވެ.
ލިންކް ސާވް އިން ބުނީ އަލަށް ހުޅުވި ޝޯރޫމާއެކީ އެންމެ އަވަހަށް ދެން ހުޅުވާނީ ތަފާތު އިލެކްޓްރޯނިކްސް ސާމާނު ރިޕެއާ ކުރާ ސެންޓަރެއް ކަމަށާއި އިތުރަށް ބުނީ އިލެކްޓުރޯނިކްސް ރިޕެޔާ އަށް ބޭނުންވާ ތަފާތު ގިނަ ކޮމްޕޯނަންޓްސް އެ ފިހާރަ އިން ލިބޭނެ ކަމަށެވެ.
ލިންކް ސާވްގެ ސީނިއާ މާކެޓިންގް އޮފިސަރު އާދަމް ޝަރީފް ވިދާޅުވާގޮތުގައި ލިންކް ސާވް އިން ލިބޭ ހުރިހާ މުދަލެށް ލިންކް ސާވްގެ ވެބްސައިޓް އިން ވެސް ގަނެލެވޭނެ އެވެ. އަދި ހިލޭ ޑެލިވެރީގެ ހިދުމަތް ވެސް މާލެ ސަރަހައްދަށް ދޭނެ އެވެ.