އެމްޓީސީސީ

އެމްޓީސީސީ އިން ދިވެހިނަށް އިތުރު 250 ވަޒީފާ ދެނީ

Mar 3, 2021
2

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އިން ދިވެހިންނަށް ހާއްސަކޮށް 250 ވަޒީފާގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރަނގަޅު މުސާރައާއެކު ދިވެހިންނަށް 250 ވަޒީފާގެ ފުރުސަތު މާދަމާ އިން ފެށިގެން އެ ކުންފުނިން ހުޅުވާލާނެ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައި ވީހާވެސް ގިނަ ޒުވާނުން ކުރިމަތިލާން އޭނާ ވަނީ އެދިފަ އެވެ.

"ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް އެބަ ގެންނަ. އެކަމަކު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން އެކަށީގެންވާ ވަރަށް ދިވެހިން ނުލިބޭ،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ހެވީ ވެހިކަލް ދުއްވާ މީހުންނާއި ވެލްޑަރުން އަދި މި ނޫންވެސް މަސައްކަތްތެރިން ހިމެނެ އެވެ. މުވައްޒަފުން ނެގުން މާދަމާ ފަށާއިރު ނެގުމަށްފަހު މުވައްޒަފުންނަށް އިތުރު ތަމްރީން ވެސް ދޭނެ އެވެ. އަދި މި ވަޒީފާތަކަށް 10،000ރ. އާއި 25،000ރ. ދެ އުޖޫރައެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޓީސީސީ އިން މިހާރުވެސް 50 މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އަދި ކުރިއަށް އޮތް ހަ އެއްކަ މަސް ތެރޭ އިތުރު މަޝްރޫއުތަކެއް އެ ކުންފުންޏަށް ހަވާލު ކުރަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.