ދުންޔާ މައުމޫން

"މިނިވަން ކަމެއް ނެތް، ސަލާންޖަހާ ގައުމަކަށް ރާއްޖެ ވެއްޖެ"

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން: ރާއްޖޭގެ ފޮރިން ޕޮލިސީގެ މައްޗަށް ވާހަކަފުޅު ދެއްކެވި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ރާއްޖެއިން ހޯދާފައިވާ މިނިވަންކަން މިހާރު ނެތް ކަމަށާ ރާއްޖެއަކީ ގައުމުތަކުން އެހީ ހޯދައިގެން އުޅޭ ގައުމަށް ހަދާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި މިރޭ އިފްތިތާހު ކުރި ސިޔާސީ ހަރަކާތުގައި ބައިވެތިވެ ވަޑައިގެން ދުންޔާ ވަނީ ރާއްޖޭގައި މިހާރު އޮތް ހާރިޖީ ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތާމެދު ލަދު ގަންނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަމިއްލަ މިނިވަން ގައުމެއްްގެ ގޮތުގައި ފަހުރުވެރި ތާރީހެއް އޮތް މި ގައުމު މިއަދު ވަނީ އަޅުވެތިވެފައި. 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މި ގައުމަކު ނެތް. އެ އަހަރު ޖުލައި 26 ގައި ރާއްޖެ ކުރި މިނިވަންކަމުގެ މުއާހަދާގެ މަތިން މިއަދުގެ ސަރުކާރުން ވަނީ ހަނދާން ނެތިފައި. ބޭރުގެ ގައުމުތަކުން، ވަކިން އެއް ގައުމަކުން ސަލާން ޖަހާ ގައުމަކަށް ވެފައި" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އަމިއްލަ ފުއްދުންތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި އަބަދު ބޭރުން އެހީ ހޯދާ ގައުމަކަށް މިހާރު ރާއްޖެ ބަދަލުވެފައިވާ ކަމަށެވެ.

އެއްޗެއް ދޭ މީހާގެ އެދުމެއް އޮންނާނެކަން ވިސްނައި އެކަމަށް ސަމާލުވުމަށް ވެސް ދުންޔާ އިލްތިމާސް ކުރެއްވި އެވެ. އަދި ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ވަކި ގައުމަކުން ލޯނު ނެގުމުން އެކަން "ދަރަނީގެ ދަންތުރަ" ވަނީ ކިހިނެތްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

މިހާރު އޮތް ހާލަތު ބަދަލުވެ މުސްތައްގިލު މިނިވަން ފުދުއްތެރި ގައުމަކަށް ރާއްޖެ ބަދަލުވާތަން ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިންޑިއާ ސިފައިން ތިބޭ ތިބުމަށްވެސް ނުސީދާކޮށް ދުންޔާ ރައްދު ދެއްވި އެވެ. ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ތިބެން ބޭނުން ނުވާ ކަމަށާއި އަދި މި ސަރައްހައްދާއި ދުނިޔޭގެ އެކި ގައުމުތަކާ ދެމެދުގައި ހިނގާ ވާދަވެރިކަމުގެ ތެރެއަށް ވަދެ ދިވެހިން ތާށިވުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.

20 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345