އަބްދުﷲ ޖާބިރު

"ޑީއެންއޭއަށް ރާއްޖެ ރިފޯމެއް ނުކުރެވޭނެ"

Mar 6, 2021
8

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެން) އޭ ހަދައި ސިޔާސީ މަސައްކަތަށް ނުކުންނެވި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެކުލަވައިލާ ޓީމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު އިސްލާހު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެޖެ އެވެ.

ޑީއެންއޭއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖާބިރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ޑީއެންއޭ ގެނައި ނަމަވެސް އަލަކުން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް އުމަރާއި ދުންޔާގެ ނޯންނާނެ ކަމަށާއި މި އަންނަނީ އޮޅުވާލުމެއް ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި "ޑީއެންއޭ" ހަރަކާތަކީ ރައްޔިތުންގެ ތެރެއިން ބައެއްގެ ލޯ މައްޗަށް ދައްކާ ހަގީގަތެއް ނެތް، އަދި ބުރަދަނެއް ވެސް ނެތް އޮޅުވާލުމެކެވެ. ޑީއެންއޭގައި އިސްވެ ހުންނެވި އުމަރަކީ "ހަރުކަށި މުރަނަ" ބޭފުޅެކެވެ. އޭނާގެ ފަހަތު ދެން ޕޯޑިއަމަށް އަރައި ވަޑައިގަންނަވާ ދުންޔާއަކީ "ވެސްޓާން" ހިޔާލެކެވެ. ވެރިކަމެއްގެ ހުވަފެނުގައި އޮޅުވާލުމުގެ ގޮތުން ނަމަވެސް ތެލާއި ފެނާއި އެއް ކުރަވާން އުޅުއްވުމަކީ ވާނެ ކަމެއް ނޫނެވެ.

"ހަލުވައިލުމުން ލޮލަށް ފެންނާނީ އެކުވާ މަންޒަރު، ހަލުވާލާފައި ދޫކޮށްލުމުން ތެލާއި ފެން ވަކިވާނެ،" ޖާބިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި "ތިންވަނަ ފިކުރަކީ އޭނާގެ ހިޔާލާތައި ޑީއާރްޕީ،" އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ޑީއެންއޭ އުފެއްދުމުގައި ތިއްބެވި އެއްވެސް ބޭފުޅަކު ރައްޔިތުންގެ ކައިރިއަށްގޮސް ވޯޓަކުން މަގާމަކަށް އިންތިހޔާބުވެފައި ނެތް ކަމަށެވެ.