ދުންޔާ މައުމޫން

ކުރީ ސަރުކާރުން އުތުރު ތިލަފަޅު އެއްބަސްވުމެއް ނުހަދާ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން: ކުރީގެ ސަރުކާރަށް އޮތް ތުހުމަތުތައް ދޮޮގު ކުރެއްވެވި
66.7%
0%
33.3%

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވެފައި ނުވާނެ ކަމަށް އެ ސަރުކާރުގައި ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި ރައީސް ޔާމީންގެ ކޮއްކޯފޮޅު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އިިންޑި އާއި ރާއްޖެއިން ވަނީ މިދިއަ އާދީއްތަ ދުވަހު އުތުރު ތިލަފަޅާ ގުޅޭ ޑިފެންސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން އެކި ނަންނަމުގައި ތިއްބަން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން މަޖިލީހުގައި އިއްޔެ ކުރިއަށް ދިޔަ ބަހުސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑޮކްޔާޑް ތަރައްގީ ކުރަން ފުރަތަަމަ އެއްބަސްވީ މިދިއަ ސަރުކާރުން ކަމަށެވެ. އޭގެ ހެއްކަކަށް ކުރީ ސަރުކާރުން އެކަމަށް އެއްބަސްވެ ސޮއި ކޮށްފައި ކަމަށް ބުނާ ލިޔުންތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އޭގެން އެއް ލިޔުމަކަށް ރައީސް ނަޝީދު ދެއްކެވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސޮއި ކުރައްވާފައި ކަމަށް ބުނާ ލިޔުމެކެވެ. އޭގައި ބުނީ ރާއްޖެއިން އެދުނުގޮތަށް އެމްއެންޑީއެފްއަށް ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

ދުންޔާ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވީ އިންޑިއާ ރާއްޖޭގެ ގުޅުން ނާޒުކު ދުވަސްވަރެއްގަ އެވެ. އެ ދުވަސް ވަރު އެ ޑޮކްޔާޑު ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ދުންޔާ ވިދާޅުވެ އެވެ.

"ރާއްޖެއިން އަބަދުވެސް އިންޑިއާ ދޭތެރޭ ވަރަށް ބަދަހި ގުޅުމެއް އޮންނަން ބޭނުންވޭ. އެކަަމަކު އޭގެ މާނައަކީ މިތަނުގައި [ރާއްޖޭގައި] އިންޑިއާ ސިފައިން ތިބުމަށް ޖާގަ ދިނުމެއް ނޫން" ރައީސް ނަޝީދުގެ ތުހުމަތުތަކާ ގުޅޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދުންޔާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައި އަޑި ނޭނގޭކަންކަން ސާފުކޮށް ދޭން އާންމުންނާއި އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާއިރު އޭގެ ތެރޭގައި ދުންޔާ މައުމޫންވެސް ހިމެނިވަޑައިގަންނަވަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހޮސަން

ބަޔަކު ހޭބަލިވާވަރު ނުވޭތަ. ދުންޔާ އެވާހަކަބުނުމުން މިހާރު ދުންޔާ އެވީ ޔާމީންގެ ކޮއްކޯފުޅަށް އެކަމް މިމީހުން ބުނަން ބޭނުންވާގޮތަށް ދޮގުހެކި ދިންނަމަ ބުނާނެ "މިކޯލިޝަންގައި ހިމެނިވަޑައިގަންނަވާ 30 އަހަރު ވެރިކަންކުރެއްވި ތަޖްރިބާކާރު ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރކަންކުރެއްވި ދުންޔާ މައުމޫން ވެސް ވިާޅުވިއޭ"

ފުދުނު ބަކަރި

ދޮގު ހުސް ދޮގު

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910