އިދިކޮޅު ފަރާތްތައް

"އިންޑިއާ އައުޓް" އަކީ ހަރުކަށި މީހުންގެ ހަރަކާތެ: ނަޝީދު

Sep 13, 2020
10

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް ވަރަށް ގިނަ އާންމު ރައްޔިތުން ބައިވެރި ވެގެން ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕޭން ހަަރަކާތަކީ އަޑީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީިގެ ރައީސްގެ އެ ތުހުމަތުތައް އެ މަނިކުފާނު ތިލަ ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގެ ތެރެއަށެވެ.

އެ މަނިކުފާނުގެ އެ މެސެޖެއްގައި ހަރުކަށި ފިކުރުގެ މީހުނަށް ތުހުމަތުތައް ކުރެއްވި އިރު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އެ ފަރާތްތަކަށް އެ ޖާގަ ދޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހަމަ އެ މެސެޖްގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމުން އެފަދަ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ވެސް ކަންތައް ކަމަށެވެ. އެ ތުހުމަތުތަކުގައި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ

"އިންޑިއާ އައުޓު" ކެމްޕޭން ފުޅާކޮށްފައިވާއިރު އެ ހަރަކާތުގައި އިދިކޮޅު ފަރާތްތައް ނޫނަސް އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ. "އިންޑިއާ އައުޓު" އެ ހަރަކާތާ ދެކޮޅަށް އަޑު އުފުލަނީ މި ސަރުކާރަށް ނިސްބަތްވާ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކެވެ.