ރަސްފަންނު

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ޕެވިލިއަން ހުޅުވަނީ

Mar 10, 2021

ރަސްފަންނުގައި ހަދާފައިވާ ޕެވީލިއަންގެ މައްސަލަ އެމްޑަބްލިއުއެެސްސީ އާއި ސިމްބޯ އިން ކޯޓުން ބޭރުގައި ހައްލުކޮށް އަލުން ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެމްޑަބްލިއުއެސްސީ އިން ޕެވީލިއަން ހަދައި، ސިބްކޯ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ޕެވީލިއަންގެ އެގްރީމެންޓް ބާތިލްކޮށް އެ ތަން ހުސްކުރަން ސިބްކޯ އަށް ނޯޓިސް ދިނެވެ. އެ މައްސަލަ ސިބްކޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެތަން ހުސް ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރެދީފައިވެ އެވެ.

ފްރެންޗައިޒް ރެސްޓޯރެންޓް ހިންގޭ ގޮތަށް އެގްރީމެންޓް ހަދާފައިވާ މި ޕެވީލިއަން ބަންދު ކުރުމުން އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. މިތަނުގެ ސިޑިތައް ފީވެ ހުރީ ވީރާނާވެފަ އެވެ.

މި ތަން ހުސް ކުރަން އެމްޑަބްލިއުއެސީސިން އެނގި މައްސަލަ ސިބްކޯއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެތަން ހުސް ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރެދީފައިވެ އެވެ. އަދި އެ އަމުރު އެމްޑަބްލިއުއެސްސީ އިން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ. ނަމަވެސް އެ ކޯޓުން ކުރި ކުރި ހުކުމުގައިވަނީ މައްސަލަ ނިމެންދެން ތަން ހުސް ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ބޮޑު ގެއްލުމެއް ސިބްކޯ އަށް ލިބޭނެ ކަމަށެވެ.

އަދި އެތައް އަހަރަކަށް ކުއްޔަށް ދޫކޮށް އެތައް ހަރަދު ތަކެއް ކޮށްފައިވާ ތަނެއްގެ ހުސްކޮށް، މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެހެން ބަޔަކަށް އެތަން ބޭނުން ކުރުމުގެ ފުރުސަތު ދީފިނަމަ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް މި ހުކުމުގައިވެ އެވެ.

މި ހުކުރުމާ ގުޅިގެން އެ މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށްޓަކައި ދެ ކުންފުނިން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާހު އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި މި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާއެކު އެތަން ހުޅުވުމުގެ މަސައްކަތް ސިބްކޯ އިން ފަށާފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއާ ހިލާފަށް ރާއްޖޭގައި ހުރި ހައިއެންޑް ރެސްޓޯރެންޓުތައް ހިންގާ ތަނަކަށް ހަދަން،" ޝާހު ވިދާޅުވި އެވެ.

ސިބްކޯ ކުންފުނިން ވެސް ވަނީ ޕެވިލިއަންގެ މަސައްކަތް ފަށާފައިވާކަން އަވަސް އަށް ޔަގީންކޮށްދީފަ އެވެ. އަވަސްގެ ނޫސްވެރިންނަށް ވެސް ވަނީ ޕެވީލިއަންގެ ބޭރުގައި ކޮންޓްރަކްޝަން ނެޓު ޖަހައި މަސައްކަތް ކުރަމުންދާތަން ފެނިފަ އެވެ.

ރަސްފަންނު ޕެވީލިއަންގައި ކުރިން އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ ގްލޯރިއާ ޖީންސްގެ ރެސްޓޯރެންޓެއްގެ އިތުުރުން އިންޑިއާގެ މޯތީމަހަލްގެ ރެސްޓޯރެންޓެއް ވެސް ހިންގި އެވެ.