ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އަަވަސް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ދުވަސްވީ މީހެކެވެ. އޭނާއަކީ ވަރަށް ގިނަ ދުވަސްތަކެއް ބަލިވެ އުޅެމުންދިޔަ މީހެއްވެސް މެއެވެ.

އެއާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 64 އަށް ވަނީ އަރައިފަ އެވެ.

ފަހަކަށް އައިސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާއިރު ބަލީ ޖެހޭ މީހުންގެ އަދަދުވެސް ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެވެސް ރާއްޖެއިން 136 މީހަކު ޕޮޒިޓިވް ވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ 20،280 ކޭސް ފެނިފައި ވެއެވެ.