އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ދޭން ދެކޮޅު ހަދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް އިިދިކޮޅުގެ ސަޕޯޓަރުން މިއަދު ކުރި މުޒާހަރާގެ ތެރެއިން 38 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިއަދު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކުވެސް ކޮވިޑަށް ޓެސްޓް ކޮށްފައިނުވާ ކަމަށެވެ.
މިއަދުގެ އެއްވުމަކީ އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް ބޭއްވި އެއްވުމެއް ކަމަށާ އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓްވުމާއި ޕޮލިސް ކަސްޓޯޑިއަލްގައިވެސް ގިނަ ބަޔަކު ތިބުމުން މިއަދު ހައްޔަރުކުރި މީހުންގެ ސާމްޕަލް ދިނުމަށް އެދިފައިވާ ކަމަަށެވެ. ނަމަވެސް ހައްޔަރުކުރި މީހުން ސާމްޕަލް ދޭން ދެކޮޅު ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.