އެލްޖީއޭ

ސަސްޕެންޑް ކުރި ކައުންސިލަރުން ޖަވާބުދާރީ ނުވޭ: އެލްޖީއޭ

މީދޫ ކައުންސިލުގެ ތިން މެންބަރުން: ތިން ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައި -- ފޮޓޯ: ކައުންސިލް
0%
0%
0%

ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ ދާދި ފަހުން ސަސްޕެންޑްކުރި ދ. މީދޫ ކައުންސިލަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ވެސް އިޖާބަ ދެއްވާފައި ނުވާ ކަމަށް ކައުންސިލްތަކުގެ ބެލެނިވެރިޔާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މުސާރު ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ ތިން ކައުންސިލަރެކެވެ. އޭގެ ތެރޭގައި އެ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގު ހިމެނެ އެވެ. ތިން ބޭފުޅުން ވެސް ސަސްޕެންޑް ކުރީ ތިން މަސް ދުވަހަށް މުސާރަ ނުލިބޭ ގޮތަށެވެ. -- އެ ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ.

އެލްޖީއޭއިން ބުނީ ކައުންސިލަރުންނާ މެދު އޮތް ތުހުމަތުތަކަށް ޖަވާބުދާރީވާން ހަފުތާއެއް ދީ އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެދުނު ކަމަށެވެ. ނަމަވެސް އެލްޖީއޭއަށް ލިބިފައި ވަނީ އޭގެ ތެރެއިން ވަރަށް މަދު ލިޔެކިޔުންތަކެއް ކަމަށެވެ، އަދި މިހާތަަނަށް އެއިން ބޭފުޅަކު ޖަވާބު ދާރީވެސް ނުވާކަމަށް ބުނެއެވެ.

މީދޫ ކައުންސިލަރުންނާ ގުޅޭ ނުވަ މައްސަލައެއް އެލްޖީއޭއިން ދަނީ ބަަލަމުން ނެވެ. އޭގެ ތެރޭގައި ގަވައިދުން ހާޒިރު ނުވުމާއި، ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ނުބޭއްވުމުގެ އިތުރުން ނުގަވައިދުން ބިން ދޫކުރުން ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345