ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ކޮވިޑް ވެކްސިންޖައްސަވައިފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ. މަދޫރޯ ޓްވިޓާގައި ވިދާޅުވީ ޖެއްސެވީ ރަޝިޔާގެ ސްޕްޓްނިކްވީ ކޮވިޑް ވެކްސިން ކަމަަށެވެ. އަދި އަނބިކަނބަލުން ވެސް ވެކްސިންޖެއްސެވި ކަމަށް ވިދާޅުވި އެވެ.

"ރައީސް ނިކޮލަސް މަދޫރޯ ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒް ފުރިހަމަ ކުރައްވައިފި" ކަމަށް ޓްވީޓްގައި ބުނެފައިވެ އެވެ.

ވެނެޒުއެލާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށީ ފެބްރުއަރީ 13 އިގަ އެވެ. މައިގަނޑު ވެކްސިނަކީ ރަޝިއާ ސްޕްޓްނިކްވީ އެވެ. އެެގައުމުން ވަނީ މި ވެކްސިން ޓެސްޓް ކުރުމުގައި ވެސް ރަޝިއާއަށް ވަރަށް ބޮޑަށް އެހިތެރިވެދީފަ އެވެ.

ސްޕްޓްނިކްވީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ވެނެޒުއެލާއަށް ގެންދިއައީ ވެސް ފެބްރުރައީ 13 އިގަ އެވެ. އެގައުމުން ބުނެފައި ވަނީ ކޮވިޑް ވެކްސިން ހޯދުމަށް ފުރަތަމަ އެއްބަސްވުން ގާއިމުކުރީ ރަޝިއާއާއެކު ކަމަށެވެ.

ރަޝިއާއިން އުފައްދައި، ހިލޭބަހައި އަދި މާކެޓްކުރާ ސްޕްޓްނިކްވީ ކޮވިޑް ވެކްސިނަކީ އެންމެ ގިނައިން ދެވަނައަށް ގައުމުތަކަށް އިމްޕޯޓް ކުރެވޭ ވެކްސިނެވެ. އެއްވަނާގައި އޮތީ އެސްޓްރަޒެނެކާއެވެ. ފައިޒާ-ބަޔޮންޓެކްއަށް ތިންވަނަ އަދި މޮޑާނާއަށް ހަތަރުވަނަ އެވެ.

ރަޝިއަން ޑިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އޮކްޓޯބަރު 2020 ގައި ސްޕްނިކްވީ ޓެސްޓްކުރުމަށް ގައުމުތަކަށް ފޮނުވަމުން ދިއައިރު ވެނެޒުއެލާއިން 2،000 މީހުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި މަދޫރޮގެ ދަރިކަލުން ހިމެނިވަޑައިގެންނަވަ އެވެ.