ސިނަމާލެ ބްރިޖުގައި ބޮޑު އެކްސިޑެންޓެއް ހިނގީ ކާރެއްގެ އިންޖީނު ހޫނުވެގެން މަޑުކުރުމުން ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހިނގި އެކްސިޑެންޓްގައި ހަތަރު ކާރާއި ޕިކަޕެއް ޖެހި އެ ހުރިހާ އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުން ބުނީ ދުއްވާފައި ދިޔަ ކާރެއްގެ އިންޖީނު ހޫނުވެގެން އެއް ފަރާތަކަށް މަޑުކުރީ ސިގްނަލްވެސް ދިނުމަށް ފަހު ކަމަށެވެ. ނަމަވެސް ފަހަތުން އައި އުޅަނދުތަކެއް ޖެހުމުން އެކްސިޑެންޓް ހިނގީ އެވެ.
ހުރިހާ އުޅަނދުތައް ދުއްވަން ތިބި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުން ނެވެ.