އާރްޑީސީ

އާރުޑީސީން އެތަށް މިލިއަން ރުފިޔާއެއްގެ ވެހިކަލް ހޯދަނީ

މަގު ހެދުމުގެ މަސައްކަތް ކުރަން މި ސަރުކާރުން އުފެއްދި ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެތައް މިލިއަން ރުފިޔާއެއްގެ ހެވީ ވެހިކަލް އާއި މެޝިނަރީ ހޯދަން އިއުލާނު ކޮށްފި އެވެ.

އާރްޑީސީން ހޯދަން އިއުލާނު ކޮށްފައިވާ ތަކެތީގެ ތެރޭގައި ވީލް ލޯޑަރާއި ފޯކްލިފްޓް އަދި ސިމެންތި މިކްސް ކުރާ ޕްލާންޓު ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޮންކްރިކްޓް މިސްޗާއި ގާއަޅާ މެޝިންގެ އިތުރުން ބިން ހަރުކުރާ މެޝިނާއި އެއާ ކޮމްޕެރެސާ ފަދަ ގިނަ ބޮޑެތި މެޝިނަރީވެސް ހިމެނެ އެވެ.

މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ. އަދި ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 28 ވަނަ ދުވަހުގެ 10:00 އާ ހަމަ އަށެވެ.

އާރްޑީސީ އިން މިހާރު ވެސް މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ 16 އަށްވުރެ ގިނަ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.