ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ މޮޅުވީ ގެޓަފޭއާ ވާދަކޮށް 2-0އިންނެވެ.
މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އާއި ނޭމާ އެވެ.
މި މޮޅާއެކު ބާސެލޯނާ ވަނީ އެއްވަނާގައިވާ ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް 24 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އެއްވަނާގައިވަނި ފައިދާ ގޯލުގެ ތަފާތުންނެވެ.
ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި ލެވަންޓޭ ކުޅުނު މެޗު 3-0އިން ކާމިޔާބު ކުރީ ވެލެންސިއާ އެވެ. އަދި ވިޔަރެއާލް އާއި ސެވިއްޔާ ކުޅުނު މެޗު 2-1އިން ކާމިޔާބު ކުރީ ވިޔަރެއާލް އެވެ.
އިންޓަމިލާން އެއްވަނަ އަށް
އިޓާލިއަން ލީގުގެ ޓޭބަލުގެ އެއްވަނަ އަށް އިންޓަމިލާން ޖެހިލައިފި އެވެ.
އެ ޓީމު އަލުން އެއްވަނަ އަށް އެރީ ދެ ވަނާގައިވާ ރޯމާއާ ބައްދަލުކޮށް 1-0އިން މޮޅުވެގެންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހީ 31 ވަނަ މިނިޓްގައި ގެރީ މެޑަލް އެވެ. މި މޮޅާއެކު އިންޓައަށް އެއްވަނަ ލިބެނީ 24 ޕޮއިންޓާއެކީގަ އެވެ. ރޯމާ ދެ ވަނާގައިވަނީ 23 ޕޮއިންޓާއެކުގަ އެވެ. މެޗު ފެށިއިރު އެއްވަނާގައިއޮތީ ރޯމާ އެވެ.
ޗެމްޕިއަން ޔުވެންޓަސް ރޭ މޮޅުވީ ޓޯރިނޯއާ ވާދަކޮށް 2-1އިންނެވެ.
ޕައުލް ޕޮގްބާ 19 ވަނަ މިނިޓްގައި ގޯލު ޖަހައި ލީޑު ހޯދި މެޗުގައި ޓޯރިނޯއިން އެއްވަރު ކުރީ ސެޒާރޭ ބޯވޯ އެވެ. އެއީ މެޗުގެ 52 ވަނަ މިނިޓްގަ އެވެ.
މި ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް ޔުވެންޓަސް މޮޅުކޮށްދިނީ އެންމެ ފަހު މިނިޓްގައި ހުއާން ކުއަޑްރާޑޯ އެވެ. އޭނާ އަކީ ހުސްވި ސީޒަށް ފަހު ޗެލްސީން ދޫކޮށްލި ކުޅުންތެރިއެކެވެ.