ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އިސް މަގާމަށް އާއިޝަތު ސަމާހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޑައިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެޔާޒްގެ މަގާމަށް އާއިޝަތު ސަމާހު އައްޔަން ކުރައްވައިފި އެވެ.

ސަމާހު ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެޔާޒް ޑިޕާޓްމެންޓުގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައެވެ.

މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާ ކުރައްވަމުންނެވެ.

ސަމާހު މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ހެޑް އިފް ލީގަލް އެންޑް ކޯޕަރޭޓް އެފެޔާޒުގެ މަގާމުގަ އެވެ. އަދި މަގާމަށް އައްޔަން ކުރުމަށް ފަހުވެސް ކޮމްޕެނީގެ ސެކްރެޓަރީގެ މަގާމުގައިވެސް ދެމިހުންނަވާނެ އެވެ.

ބީއެމްއެލްގެ އަނިގަނޑަށް ގަނައި އިތުރު ބަދަލެއްވެސް މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ބީއެމްއެލްގެ ޑިޖިޓެލައިޒޭޝަން ސްޓްރެޓެޖިއާ އެއް ގޮތަށް މަސައްކަތް ބައްޓަން ކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލި ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލު ކޮށްފައެވެ.