އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް ހިދުމަތް ރޭޓް ކުރާނެ ނިޒާމެއް ބޭނުން

އޮޑިޓް އަދި އެޝޫރަންސް ހިދުމަތް ދޭ ފަރާތްތައް ރޭޓް ކުރާނެ ނިޒާމެއް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އޮޑިޓް ކުރުމާއި އެޝޫރަންސް ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޭން މިއަދު ބޭއްވި ހަފުލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސީއޭ މޯލްޑިވސް އިން ކުރާ މަސައްކަތްތަކަކީ ބޭނުންތެރި އަދި ބަލައި ގަންނަ މަސައްކަތް ތަކެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ލައިސަންސް ލިބޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގެ ކަންކަން ކަށަވަރުވެފައި އޮތުމަކީ ހިދުމަތަށް ބަރޯސާވާ މިންވަރު އިތުރުވެގެންދާ ކަމެއް ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރާއި ދައުލަތުގެ ބޭނުމަށް ހާއްސަ ގޮތެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކާއި މާލީ އިދާރާތައް ފަދަ ތަންތަނަށް ހިދުމަތް ފޯރުކޮށް ދޭއިރު، ގާބިލްކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ރޭޓިންއެއް އޮތުން މުހިންމު ކަމެއް ކަމަށެވެ. އަދި އެކައުންޓެންޓުންގެ ޖަމިއްޔާއިން މިކަމަށް ހައްލު ހޯދައްވާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.