ރާއްޖެ ކުޅިވަރު

މިނިވަން50 މުބާރާތް މި މަހު 11ގައި ފަށަނީ

މިނިވަން50 ފުޓްބޯޅަ މުބާރާތް މި މަހުގެ 11 ވަނަ ދުވަހު އަލުން ފަށަން ގަސްތުކުރާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެ އިދާރާއިން ޓީމުތަކަށް މިއަދު ފޮނުވި ސިޓީގައިވަނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މުބާރާތް އަލުން ފެށޭވަރުވާނެ ކަމަށް ބެލެވެނީ މި މަހުގެ 11ގައި ކަމަށެވެ. އެއީ ކެންސަލްވެފައިވާ އެފްއޭއެމުގެ އިންތިހާބުގެ ކަންތައްތައް މި މަހުގެ ކުރީކޮޅު މުޅިން ހަމަޖެހޭނެ ކަމަށް ބެލެވޭތީ އެވެ.

އެފްއޭއެމުން ބުނީ މިނިވަން50 މުބާރާތް ކުއްލިގޮތަކަށް މިދިޔަ މަހުގެ 21ގައި މެދުކަނޑާކީ އެފްއޭއެމުގެ ގިނަ މުވައްޒަފުންތަކެއް އިންތިހާބުގެ ކަންކަމުގައި އުޅެން ޖެހުމުން ކަމަށެވެ.