ސައިންސް

ހަބްލް ސްޕޭސް ޓެލެސްކޯޕް ތާއްޔާ ޖެހިއްޖެ!

ހަބްލް ސްޕޭސް ޓެލެސްކޯޕް ހަމަ ހުރެލާފައި ސްލީޕް މޯޑަށް ހިނގައްޖެ އެވެ. ނާސާއިން ބުނީ އެއްވެސް ކަމެއް އަތްދަށުން ގޮސްފައި ނެތް ކަމަށާއި އުޅޭނީ ސޮފްޓްވެއާ އެރާއެއް ކަމަށެވެ.

"ސައެންސް ސިސްޓަމްތަކުގައި އެއްވެސް މައްސަލައެއް ނެތް،" ނާސާއިން ޓްވީޓާގައި ބުނެފައިވެ އެވެ. ނާސާއިން ބުނީ ހަބްލް ރައްކާތެރި ކަމަށާއި ނިޒާމްތަކުގައި ބަލިކަށިކަމެއް ނެތް ކަމަށެވެ. އަދި ހަބްލްގެ މަސައްކަތްތައް އާދައިގެ ހާލަތަށް ރުޖޫއަ ކުރެވޭތޯ ހަބްލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނާސާއިން އުންމީދު ކުރަނީ ކޮންޓްރޯލް ސެންޓަރުގައި، ބިމުގައި ތިބެގެން ހަބްލް ހަމައަކަށް އެޅުވޭނެ ކަމަށެވެ. އަދި ކުރިން ވެސް ޖައްވުގައި އަދާކުރި ޖާސޫސީ އޭޖެންޓެއްގެ ވަޒީފާއަށް އަނބުރާ ފޮނުވޭނެ ކަމަށެވެ.

ހަބްލް ސްޕޭސް ޓެލެސްކޯޕްއަކީ ނަމުން މުސްކުޅި މަސައްކަތް ޒުވާން ޖައްވީ ދުރުމި އެކެވެ. ޒަމާން ފެށުނީއްސުރެ ޖައްވުގައި އޮވެގެން އިންސާނިއްޔަތަށް ލައްކަ މައުލޫމާތު ފޯރު ކޮށްދީފައި ވެއެވެ. ދޭތެރެ ދޭތެރެއިން ތާއްޔާޖެހި، ސޭފް މޯޑަށް ބަދަލުވި ނަމަވެސް، ހަފުތާއެއްހާ މަސައްކަތުން ވެސް ރަނގަޅުކުރެވިފައި އެބަ ހުއްޓެވެ.

ނާސާއިން ފުރަތަމަ އުންމީދުކުރި ވަރަށް ވުރެ ހަބްލްގެ އުމުރު ދިގުވެގެން ހިނގައްޖެ އެވެ. އެއީ 15 އަހަރެވެ. ހަބްލް ޖައްވުގައި މިހާރު އެ ގުނަނީ 31 ވަނަ އަހަރެވެ. ހަބްލް ގޮވައިފެން ޖައްވީ އޯބިޓަށް ޑިސްކަވަރީ އުޅަނދު އެރީ އޭޕްރީލް 24، 1990 ގަ އެވެ. ހަބްލް ސްޕޭސް ޓެލެސްކޯޕް އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ އުޅަނދެކެވެ. އުންމީދަކީ ހަބްލް އަށް "އަވަސް ފަރުވާ" އެކެވެ.