އެކްސިޑެންޓް

ގޭސްފުޅިއެއް ގޮވައި ގެއެއްގެ ދޮރު މަގަށް ވެއްޓިއްޖެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އެ ގޭގެ ދޮރެއް ނެއްޓި މަގުމައްޗަށް ވެއްޓިއްޖެ އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:50 އެހާކަންހާއިރު މާވެޔޮމަގުގައި ހުރި ގެއެއްގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ގޭސްފުޅިއެއް ގޮވި ކަމަށެވެ، އަދި އޭގެ ސަބަބުން އުފެދުނު ފޯސްގައި އެ އެ ޕާޓްމަންޓްފެ ބިއްލޫރި ދޮރެއް ނެއްޓި މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ.

ނެއްޓިގެން ވެއްޓުނު ދޮރާއެކު އެ ގޭގައި ހުރި ގަހެއްގެ ގޮފިގަނޑެއް ވެސް ވަނީ މަގުމައްޗަށް ވެއްޓުނެވެ.

ފުލުހުން ބުނީ މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ އެސަރަހައްދުގައި ހަރާތްތެރިވަމުން އަންނަ ކަމަށާއި އލިފާނުގެ ހާދިސާއެއް އެގޭގައި އަދި ނެތް ކަމަށެވެ.