ޓެކްނޯލޮޖީ

އައިފޯނަށް ހާއްސަ އައިއޯއެސް ކޯލް ރެކޯޑާގައި ބަގެއް

އައިފޯން ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލް އައިއޯއެސް އެޕް، ކޯލް ރެކޯޑާގައި ބަގެއް އުޅޭ ކަމަށް ސެކިއުރިޓީ ރިސާޗަރު އާނަންދު ޕްރަކާސް ބުނެފި އެވެ. އޭނާ ބުނަނީ ކޯލް ރެކޯޑާ އެޕްލިކޭޝަންގައި އުޅޭ ދޯހަޅި ކަމެއްގެ ސަބަބުން އެހެން މީހުން ރެކޯޑްކޮށްފައި ހުންނަ ކޯލްތައް އަޑު އެހޭ ކަމަށެވެ.

މިއީ އެޕް ސްޓޯރުން ޑައުންލޯޑް ކުރަން ލިބޭ އައިފޯނަށް ހާއްސަ އެޕްލިކޭޝަނެކެވެ. ބުނެވެނީ އެއްމިލިއަނަށްވުރެ ގިނައިން ޑައުންލޯޑު ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ މަޝްހޫރު 20 "ބިޒްނަސް އެޕް" ތެރޭގައި ހިމެނޭ ކަމަށެވެ.

ކޯލް ރެކޯޑާ ބޭނުންުރާ މީހަކަށް މި ލިޔުން ފެނިއްޖެ ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެޕްލިކޭޝަން ފޮހެލާފައި އަލުން އިންސްޓޯލް ކުރުމެވެ. އާނަންދު ޕްރަކާޝް ބުނަނީ އެޕް އުފައްދާ މީހުން މިހާރު މި ބަގް ރަނގަޅުކޮށްފި ކަމަށެވެ.

އާނަންދު ޕްރަކާޝް އަަކީ "ޕިންގްސޭފް އޭއައި" ގެ ވެރިޔާ އެވެ. އޭނާ ވަނީ ބްލޮގް ޕޯސްޓެއްގައި މި ވާހަކަ ކިޔައިދީފަ އެވެ. އައިއޯއެސް ކޯލް ރިކޯޑާއަކީ އެއްވެސް މީހަކަށް ފަރިތަ އެޕެއް ނަމަ، އާނަންދު ޕްރަކާޝްގެ ޕޯސްޓުން، ކުރިން އެނގިފައި ނެތް ކަމެއް ދަސްވުން އެކަށީގެންވެ އެވެ. ގޫގުލްގައި އާނަންދު ޕްރަކާސް ލިޔެލާށެވެ.

މި އެޕްލިކޭޝަނަކީ ކުރާ ކޯލާއި އަންނަ ކޯލް ރިކޯޑް ކުރެވޭ އެޕްކެވެ. އަދި އިތުރު އެހެން ބައެއް ފަސޭހަަތައް ވެސް މި އެޕްލިކޭޝަނުގައި ހިމެނެ އެވެ. ކޯލްތައް ގޫގުލް ޑްރައިވް، ޑްރޮޕްބޮކްސް، ވަންޑްރައިވް އަދި ސްލެކްއަށް އަޕްލޯޑް ކޮށްދިނުމާއި ކޯލްގެ އަޑު ބަދަލު ކުރުން ހިމެނެ އެވެ. އެހެން ނަމަވެސް މިހުރިހާ ކަމެއް ހަމަޖެއިފައި ވަނީ ހިލޭ ލިބޭ ގޮތަކަށް ނޫނެވެ.