ރައީސް މުހައްމަދު ނަޝީދު

"ފްލެޓް ލިބޭ ފަރާތްތައް ކޮމެޓީއަށް ކަނޑައެއް ނޭޅޭނެ"

މަޖިލީހުގެ ރިިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު
0%
0%
0%

ފްލެޓް ލިބޭނެ ފަރާތްތައް ފްލެޓް ކޮމެޓީއަށް ކަނޑަނޭޅޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ފްލެޓް ކޮމެޓީން ހައުސިން މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ނެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމަށް ފަހު ބައެއް ކަންކަން ކުރަން ހައުސިން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރާ ކަމަށެވެ.

ނަމަވެސް އަސްލަމް ވާހަކައިގެ މެދުތެރެއަށް ވަދެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ ސީދާ ހައުސިން މިނިސްޓަރު ކަމަށެވެ. އަދި ފްލެޓް ކޮމެޓީގެ ހަމައެކަނި މަސްއޫލިއްޔަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުން ކަމަށެވެ.

ނަޝީދު އެފަދައިން ވިދާޅުވުމުން އަސްލަމް ވަނީ ފްލެޓް ދިނުމުގެ ކުރިން ކަށަވަރުކުރަން ޖެހޭ ކަންތައްތައް ހައުސިން މިނިސްޓްރީގެ މެންޑޭޓްގައި އޮންނަ ކަމަށް ވިދާޅުވެފަ އެވެ.

"ވަޒީރު! ފްލެޓް ކޮމެޓީއަށް ދާއިމީ ލިސްޓެއް ނުނެރުއްވޭނެ." އަނެއްކާވެސް އަސްލަމްގެ ވާހަކަ މެދިކަނޑުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާން ކުރި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓް ލިސްޓް ބާތިލުކޮށް އާ ލިސްޓެއް އެކުލަވާލުމަށް ފްލެޓް ކޮމެޓީއެއް އުފެއްދި އެވެ. ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީން އަލުން ވަނީ ދިރިއުޅުމުގެ ހާލަތު ބަލާ ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލާފަ އެވެ. ނަަމަވެސް އަލުން ފްލެޓް ލިބޭ ލިސްޓު އިއުލާނު ކުރިއިރު ދަތި ހާލުގައި އުޅޭ މީހުންނަށް ފްލެޓް ނުލިބުމާއި އެއް ކޮޓަރީގެ ފްލެޓްތައް ނުދޭން ނިންމުމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަނަސް

މިދެން މިޤައުމަށް ޖެހިފަހުރި ބޮޑު ނުރައްކާތެރި މީހެއް މީނާގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި

ޕުލެޓް

ފުލެޓް ފުލެޓް ފުލެޓް ރައީސް މުހައްމަދު ނަޝީދު އަނގައިން އަބަދުވެސް ފުލެޓްގެ ވާހަކަ މިއީ ކޮންފަދަ ކަމެއް މާލޭގައި ބިންހިއްކަން ލޯނު ނަގަނީ ހަމައެކަނި މާލޭގައި ރައްޔިތުންގެ ނަމަކުނޫން މުޅި ދިވެހި ރައްޔިތުންގެ ނަމުގައި އެހެންވީމާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލެ އަށް ކުރިމަތިވި ލެވެންވާނެ ޝަރުތަކީ 600 އަކަފޫޓް ބިމެއް ނެތުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345