ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

0%
0%
0%

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ރައީސްގެ މި ދަތުރުފުޅަކީ ރާއްޖެ-ގަތަރު އަލުން އިޔާދަކޮށްފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 5، 2017 ގައި ގަތަރާއެކު ހާރިޖީ ގުޅުން ކަނޑާލީ، ޓެރަރިޒަމްއަށް ވާގިވެރިޔާ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަށްފަހު އެވެ.

ނަމަވެސް، އެ ނިންމުން ނިންމާފައިވަނީ އޭރުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮތް ސައުދީ އަރަބިއްޔާ އިން ގަތަރާއެކު ގުޅުން ކަނޑާލުމާއެކު އެވެ. ހަމަ އެހެން ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމިކަން އިއުލާނުކުރީ ސައުދީން އަލުން ގަތަރާއެކު ގުޅުން ގާއިމު ކުރުމުންނެވެ. އެހެން ކަމުން ގަތަރާ ގުޅުން ކަނޑާލުމާއި އަލުން އިޔާދަކުރުން އައީވެސް ސައުދީގެ ވިސްނުމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް މި މަހުގެ 15 ވަނަ ދުވަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅަކީ ބަންގުލަދޭޝްގެ ފައުންޑާ ޝެއިހް މުޖިބުރް ރަހްމާންގެ އުފަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345