ދިވެހި އިންޑިއާގެ ގުޅުން

ޝާހިދު އިންޑިއާއަށް ވަޑައިގެންފި

Mar 11, 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ޝާހިދު އިންޑިއާއަށް ވަޑައިގަތީ "އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގެ ނަމުގައި ބާއްވާ ބައްދަލުވުމަކަށެވެ. އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ގުޅޭގޮތުން ބާއްވާ މި ބައްދަލުވުމުގައި ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ބައްދަލުވުމުގެ މި އަހަރުގެ އެޑިޝަން ބާއްވަނީ ޗެންނާއީގަ އެވެ. މި ބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަފުޅު ދައްކަވާ ސޯޝިއޯ-ޕޮލިޓިކަލްގައި ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ މައްޗަށް މަޝްވަރާ ކުރާނެ އެވެ.