މަތީ ތައުލީމުގެ އެންމެ ބޮޑު ފޭނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅު ވެއްޖެ އެވެ.
ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑީގްރީއަށް ކިޔަވައި ދިނުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގައި އެންމެ ބޮޑު ސަޕޯޓަކާއި ތަރުހީބެއް ދެއްވެވި ފަރާތަކީ ރައީސް ސޯލިހު ކަމަށެވެ.
ތައުލީމީ މީހުން ބިނާކުރުމުގައި ވޭތުވެދިޔަ އެހެން ސަރުކާރަކުން މިފަދަ އަހަންމިއްޔަތުކަމެއް ނުދޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިކަމުގައި ރައީސް ދެއްވާ އާދަޔާ ހިލާފު ސަޕޯޓަކީ މިގައުމަށް ބޭނުންތެރި އިލްމީ މީހުން ބިނާކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފެނި ހާމަވެގެންދާ ކަމެއް ކަމަށެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ފެބްރުއަރީގައި ހިލޭ ޑިގްރީ ސްކީމް ތައާރަފްކުރުމުމަށްފަހު މިހާތަނަށް 10،000 ދަރިވަރަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި މިކަމަށް މިހާތަނަށް 240 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދުނިޔެއަށް އައި ކޮވިޑްގެ އަސަރުކޮށް ރާއްޖޭއަށް އިގްތިސޯދީ ގޮތުން ބޮޑު ލޮޅުމެއް އައިއިރުވެސް ހިލޭ ކިޔަވަމުން ދިޔަ އެއްވެސް ދަރިވަރަކަށް އެއްވެސް އަސަރެއް ނުކުރޭ. މި ސްކީމަކަށް އެއްވެސް ބަދަލެއް ނާދޭ. އެއިވެސް ހާމަވަނީ މަތީ ތައުލީމަށް ރައީސް ދެއްވާ މަތިވެރި ދަރަޖަ." މިނިސްޓަރު ވިދާޅުވި އެވެ.