ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

އީއައިބީ ކޮވިޑް ރިލީފް ލޯނަށް އިތުރު ފުރުސަތެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ބީއެމްއެލުން ބުނީ ކުރިން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ކޮވިޑް ރިލީފް ފަންޑުގައި އިތުރު ފައިސާ ހުރުމާއިއެކު އަލުން އިތުރު ފުރުސަތަކަށް ހުޅުވާލައިފައިވާ ކަމަށެވެ.

އީއައިބީ ފަންޑަކީ ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރެވުނު ލޯނެކެވެ.

މި ލޯނު ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ބެންކުން ވަނީ ބުނެފަ އެވެ.

ލޯނުގެ ގޮތުގައި 15.42 މިލިއަން ރުފިޔާ ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މި ސްކީމްގައި އިންޓްރެސްޓް ދައްކަންޖެހެނީ ހަ ޕަސެންޓަށްވުރެ ކުޑަކޮށެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށް ބެންކުން މައުލޫމާތު ދެއެވެ.