ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފެންފުށި

ފެންފުއްޓަށް އަރާ ފޭބުން މަނާކޮށްފި

އދ. ފެންފުއްޓަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް އެ ރަށް ގެނެސްފި އެވެ.

ފެންފުށި މޮނިޓަރިންއަށްލީ އެ ރަށުން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭނާއަކީ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކަށް ދަތުރުކޮށްފައިވާ މީހެއްވެސް ނޫނެވެ. އަދި ކަރަންޓީންގައި ހުރި މީހެއްވެސް ނޫނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމަތްތަކެއް ހުރުމުން ސާމްޕަލް ނަގާ ޓެސްޓު ކުރުމުންނެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސްގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެން ފެންފުއްޓަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.