ހަބަރު

ފަރުކޮޅުފުއްޓާއި ހުޅުމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފި

Jan 13, 2015

ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ ފަރުކޮޅުފުއްޓާއި ޝެރަޓަން މޯޑިވްސް ފުލްމޫން ރިސޯޓާ ދެމެދު އޮންނަ ކަނޑިއޮޅިން ދަތުރު ކުރުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ ހުޅުމާލެ ހިއްކުމުގެ މަސައްކަތްކުރާ ކޮންނަ ބޯޓު ވެލިހިފައިގެން ދަތުރު ކުރުމަށް ފަރުކޮޅުފުށީ ފަޅުގެ ހުޅަނދު އުތުރު ކަނުން ބައި މޭލު ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ނިމެންދެން ފުލްމޫން ރިސޯޓާއި ފަރުކޮޅުފުއްޓާ ދެމެދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީވަނީ މި މަސައްކަތް ކުރިއަށްދާތީ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ބެލްޖިއަމްގެ ކުންފުންޏަކުންނެވެ. އެ ކުންފުނިން މި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 22 މިލިއަން ޑޮލަރަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ކުންފުޏަކުންނެވެ.