ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ސިޓީގެ މޮނީޓަރިން އުވާލައިފި

ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އައްޑޫ ސިޓީއިން މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާއި އެކީ އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.

އެސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާ ކާފިއު ހިންގާފައި ވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް ބަލި ފެތުރުން މަދުވުމުން އެސިޓީގެ ބައެއް އަވަށްތަކަށް ފަހުން ވަނީ ލުއި ދީފަ އެވެ.

އެޗްޕީއޭ އިން ރޭ ނެރެފައިވާ އިއުލާނުގައި ބުނީ، އެރަށުގައި މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން މޮނީޓަރިން އުވައިލާ ކަމަށެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެސިޓީ އިން ޖުމްލަ ގޮތެއްގައޮ 92 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 86 މީހަކު ވަނީ ބަލިން ރަގަޅުވެފަ އެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދީ ހައެކެވެ.

އެސިޓީގައި ޖުމްލަ ތިން ކްލަސްޓާއެއް އުފެދުނުއިރު ހިތަދޫ ކްލަސްޓާގައި 22 މީހަކު، މީދޫ ކްލަސްޓާގައި 14 މީހަކު އަދި އެމްޓީސީސީ ސައިޓު ކްލަސްޓާއިން 35 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެސިޓީ އިން ޖުމްލަ 4889 ސާމްޕަލް ވަނީ ނަގާފަ އެވެ.