އެކްސިޑެންޓް

ގަމުގައި އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާ

ލ. ގަމުގެ މުކުރިމަގު އަވަށުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މުކުރިމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި އަނިޔާވީ 55 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.