މަރު

ގަން އެކްސިޑެންޓްގައި އަނިޔާވި މީހަކު މަރުވެއްޖެ

މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

ލ. ގަމުގެ މުކުރިމަގު އަވަށުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވިއެވެ.

އެކްސިޑެންޓްގައި އަނިޔާވީ 55 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 55 އަހަރުގެ އަންހެން މީހާއެވެ.