ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ގައިޑްލައިނާ ހިލާފުވުމުން ތިން ޕާޓީއެއް ޖޫރިމަނާ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ ހިލާފު ވެެގެން ތިން ޕާޓީއެއް ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެފައިވާތީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަަވެސް އެ ޕާޓީތައް ޖޫރިމަނާ ކުރީ ކިހާ އަދަދަކުން ކަމެއް ނުބުނެއެވެ.

އިދިކޮޅު ދެ ޕާޓީ ޖޫރިމަނާ ކޮށްފައިވާއިރު ގައިޑްލައިނާ ހިލާފަށް ކޮންމެ ހުކުރު ދުވަހަކު އިދިކޮޅު ކޯލިޝަނުން ދަނީ އެއްވުންތައް ބާއްވަމުންނެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީންވެސް ވަނީ ހުޅުމާލޭގައި އިވެންޓެއް ބާއްވާފައެވެ. އެއީ ހުޅުމާލޭގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވަން ބޭއްވި އިވެންޓެކެވެ.

ރައީސް މުހައްމަދު ނަޝީދުވެސް ބައިވެެރިވެވަޑައިގެންނެވި އެ ބައްދަލްވުމުގައި އެޗްޕީއޭގެ އުސޫލާއި ހިލާފަށް ގިނަ ބަޔަކު ބައިވެރިވިއެވެ. އެ އިވެންޓް ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. ފާޑުކިޔުން އަމާޒުވުމުން އެމްޑީޕީން ބުނީ އިވެންޓް ބޭއްވީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ހުއްދައިގެ ލިޔުމެއްވެސް އާންމުކުރިއެވެ.

އެމްޑީޕީ ޖޫރިމަނާ ކުރީ ކޮން އިވެންޓަކާއި ގުޅިގެން ކަމެއްވެސް ފުލުހުން ސާފުކޮށެއް ނުދިނެވެ.