މާފުށީ ޖަލު

ޖަލަށް ވައްދަން އުޅުނު ފޯނުތަކެއް އަތުލައިފި

Mar 15, 2021

މާފުށީގައި ހުންނަ މައި ޖަލަށް ވައްދަން އުޅުނު މޯބައިލް ފޯނުތަކެއް ފުލުހުން އަތުލައިފި އެވެ.

ފުލުހުން އެ ފޯނުތައް ހޯދާފައި ވަނީ ފުލުސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ފުލުހާއި މާފުށި ޖަލު ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އިއްުޔެ ހިންގި އެ އޮޕަރޭޝަނުގައި، މާފުށި ޖަލު ހިމެނޭ ސަރަހައްދު ބަަލައި ފާސް ކުރިއިރު 15 މޯބައިލް ފޯނާއި، ހަތަރު ޔޫއެސްބީ ކޭބަލްގެ އިތުރުން ޗާޖަރެއްވެސް ފެނިފައިވެ އެވެ.

ބަލަމުން އަންނަ މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.