ހާމިދު އަބްދުލް ޣަފޫރު

ފުލުސް ބޯޑަށް ހާމިދު އައްޔަން ކުރަން ފާސްކޮށްފި

Mar 15, 2021
7

ފުލުހުންގެ ބޯޑަށް ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ހާމިދަށް ރުހުން ދިނުމަށް ފެންނަ ކަމަށް ފާސް ކޮށްފައި 41 މެންބަރުންގެ ވޯޓުންނެވެ.

ޕޮލިސް ބޯޑް އޮންނާނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މީހުންނެވެ.

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ދެ މެންބަރަކު އައްޔަން ކުރަންޖެހެ އެވެ.