ފޮރިން މިނިސްޓްރީ

ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް އައްޔަނުކުރަނީ

Mar 16, 2021
1

ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ރާއްޖެއިން އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމައިފި އެވެ.

ސަފީރު އައްޔަން ކުރަން ނިންމެވިކަން ހާމަ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެކަން ޝާހިދު އިއުލާން ކުރެއްވީ ރައީސް ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ އެ ދަތުރުފުޅަކީ މިދިޔަ ސަރުކާރުގައި މެދުކަނޑާލާފައި އޮތް ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ދަތުރުފުޅެކެވެ،

ސަފީރެއް އައްޔަނުކުރަން ނިންމި ނިންމުމަށް ގަތަރުގެ ފުރިހަމަ ތާއިދު ލިބިފައިވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ގިނަ ގައުމުތަކަށް މިހާރުވެސް ގިނަ އަދަދެއްްގެ ނޮން ރެސިޑެންޓް ސަފީރުން ކަނޑައަޅާފައި ތިބެއެވެ. އެގޮތުން ދާދި ފަހުން ވަނީ ފަލަސްތީނާ އެކު 13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކޮށްފަ އެވެ.